information

     |     
     |     
     |     
     |     
އެންމެ ފަހުގެ މައުލޫމާތު

_________________________________________________________________________________________________________________________________________________________________________________
ދިވެހި ރާއްޖޭގެ ތާރީޚު
ދުނިޔޭގެ ގިނަތަންތަނެކޭ އެއްފަދައިން ދިވެހިރާއްޖޭގެވެސް ގަދީމީ ތާރީޚެއްވަނީ ނުއެގުމެއްގެ ތެރެއަށް ގެއްލި އަދިރިވެފައެވެ. ކަމުގެ ސަބަބަކީ އެޖަމާނުގައި ރާއްޖޭގައި މުއަށް ރިހުން ނެތްކަމާއި،ދުނިޔޭގެ މުވާސަލާތު ހުރިގޮތުން ބޭރުގެ އިލްމުވެރިންނަށް މިތަނަށް ނާދެވުމުންނެވެ.
އެންމެ އިހުގެ މުއަށްތިރު ޚަބަރު ފިލަނީ އަލްއިލްމު ސައޫދީ 332ޚ ވަނައަހަރު ލިޔުއްވި "މަރޫޙުއްޒްހަބު" އިންނެވެ. އޭނާގެ އިބާރާތުން ރާއްޖޭގެ އެއިރުގެ ހާލަތު ހިސާބަކަށް އަލިކުރެއެވެ.
ރާއްޖޭގެ އިހުގެ ތާރީހުގެ މައްޗަށް މުސްކުޅިއާސާރީއިން މައުލޫމާތު ހޯދުމާއި އެކު،ހާއްސަ އައްޔެއް އަޅުވާލީ ،ދިވެހި ތާރީޚުގެ އެންމެ ބޮޑު ސުކުރުގެ ހައްގުވެރިއަކު ކަމުގައިވާ އަލް މުއައްޚިރު އެޗް،ސީ،ޕީ،ބެލް އެވެ. ރާއްޖޭގެ ރަށްރަށަށް ދަތުރުކޮށް، އަމިއްލަ ތަހުގީގު ތަކެއްކުރު މަށް ފަހުގައެވެ. އޭނާގެ ހެކިތަކުގެ މައްޗަށް ބުރަވާއިރު ރާއްޖޢގައި ބަޔަކު ދިރިއުޅޭތާ އެންހާސް ނުވަސަތޭކަ ފަންސާސް އަހަރު ވެދާނެއެވެ.
މުތައްބިރު ގޮތެއްގައި ރާއްޖޭގެ ހަޔާތެއް ސާފުކޮށް ފިލަނީ މުހަންމަދު ބުނު ބަތޫތާ ރާއްފެއަށް ދުރުވެ ހުންނެވުމަށްފަހު ލިޔުއްވި ލިޔުއްވުންތަކުންނެވެ. ދެން ފަރަންސޭސި ސައްޔާހު ޕީރާޑް،ޑިލާވާލް ގެ ފޮތުންނެވެ. އެއަށް ފަހުގައި ދިވެހިދަރިންކުރެ ރާއްޖޭގެ ތާރީޚު އެންމެ ބޮޑަށް ދަރާފައިވާ އަލްގާޖީ ހަސަން ތާޖުއްދީން އެވެ.
ފަހަކަށް އައިސް އެކިއެކި ރޮގުރޮގުން ދިވެހި އުންމަތުގެ ތާރީޚު ދަޑަށް ފަޑުނވުމެއްނުވާ  ޚިދުމަތްތަކެއް އަދާ ކުރެއްވީ ފަޞީލަތުއްސައިޚު މަރުހޫމް ހުސެން ސަލާހުއްދީން އާއި އަލްއަމީރު މުހަންމަދު އަމީން ދޮށިމޭނާ ކިލޭގެ ފާނެވެ.
ސައްކެއްނެތެވެ ރާއްޖޭގެ މުއައްރިހުންނަށް ހުރީ ސުކުރެވެ.

_________________________________________________________________________________________________________________________________________________________________________________
ދުނިޔޭގެ ސިފަ
ދުނިޔެއަކީ އާފަލެއްގެ ސިފާގައިވާ ވަށް ދެކޮޅުން ކުޑަކޮށްފަތާއެއްޗެކެވެ.

_________________________________________________________________________________________________________________________________________________________________________________
ދުނިޔެއަކީ ވަށް އެއްޗެއްކަމުގެ ހެކިތަށް
1ދުނިޔޭގެ ވަކިތަނަކުންފުރި މަތިންދާބޯޓެއް މިސްރާބު ބަދަލުކޮށް އެއްފަރާތަކަށް ދުއްވާފިނަމަ ފުރިތަނަށް އާދެވޭކަމުގައި ވެއެވެ
2ކަނޑގައި ފުރާދުއްވާ އެއްޗެއް މިސްރާބު ބަދަލު ނުކޮށް 0އެޅޭ ހުރަހެއް ނައްޓަމުން އެއްމިސްރާބަށް ދުއްވާފިނަމަ ފުރިތަނަށް އާދެވޭނެއެވެ
3ފުރާދުއްވާ އުޅަދެއް ރަށަކާދިމާލަށް ވަންނައިރު އެރަށެއްގައިތިބި ބަޔަކަށް އެންމެ ފުރަތަމަ ފެންނަކަމުގައިވަނީ އޭގެ އެންމެ  އުސްތަނެވެ. ދޯންޏެއްނަމަ އޭގެ ކުނބެވެ. އެހެން ފެނުމުގެ ސަބަބަކީ ގުދުރަތީގޮތުން ވާވަނައެއް އެދެމެދުގައިވާކަމެވެ
4ހަނދުޖޭތަ ހިފުމަކީ ދުބިޔޭގެ ހިޔަނި ހަދަށް އެޅުމެވެ. އެހިޔަނި އެޅޭއިރު އެހިޔަނި ފެންނަނީ ވަށްއެޗެއްގެ ގޮތުގައެވެ
މިހެކިތަށް ސާބިތު ކޮށްދެނީ ދުނިއަކީ ވަށް އެއްޗެއްކަމުގައެވެ
ދުނިޔޭގެ ބޮޑުމިން
ވައްކޮށް އަޅާރޮގެއްގެ ވަށް މިނަށް ދިވެހިބަހުން ކިޔަނީ،ބުރުމިން އިގިރޭސި ބަހުން ކިޔަނީ ،ސާކަންފަރެންސް މިހެންނެވެ. ވައްރޮގެއްގެ އެންމެ ފުޅާހިސާބެއްގައި އެޅޭރޮގަށް ދިވެހިބަހުން ކިޔަނީ ،ދިގުހުރަސް އިގިރޭސި ބަހުން ކިޔަނީ ޑައަމީޓަރް މިހެންނެވެ. ދުނިޔޭގެ ދިގު ހުރަހަކީ ގާތްގަޑަކަށް 8000 މޭލައެވެ. ދުނިޔޭގެ ބުރު މިނަކީ ގާތްގަޑަކަށް 25000 މޭލައެވެ. ދުނިޔޭގެ ދެބާހަމަޔާ ދިމާއިން ބެލެވޭ ދިގުހުރަހަށް ވުރެ އުތުރު ދަޑިއަށް ބެލެވޭ ދިގުހުރަސް 27 މޭލު ކުރެވެ.
އިންސާނާ

_________________________________________________________________________________________________________________________________________________________________________________
ދިވެހި ބަސް
       ދިވެހިބަސް އައިސްފައިވަނީ ޕްރޯޓޯއިންޑޯ ޔޫރަޕިއަން ކިޔާ ބަހަކުންނެވެ
       މިބަހަށް ވާހަކަ ދެއްކި މީހުން އުޅެނީ ޔޫރަޕްގެ ބްލެކްސީގެ އުތުރުގައި އޮންނަ ހިސާބެއްގައެވެ
       މިމީހުންނަކީ އުޅޭވަކި ތަނެއްނެތި އެއްތަނުން އެއްތަނުން ދަތުރުކޮށް އުޅޭބައެކެވެ
       މިބަހުގެ އެތައް ބަހުރުވަ ތަކެއް މިމީހުން ބޭނުންކުރިއެވެ
ޖަމާންތަށް ދައުވަމުން ދިޔައިރު
       މިބާމީހުންގެ ބަޔަކު ހުޅަގު ޔޫރަޕަށް ދަތުރު ކުރިއެވެ
       އަނެއްބަޔަކު އިރުމައްޗަށް، އީރާނަށާއި އިންޑިޔާއަށް ދަތުރު ކުރިއެވެ
       މިރަށްރަށުގައި އެބާމީހުން ބޭނުންކޮށް އުޅުނުބަސް ތަރަށްގީވަމުން ދިޔައެވެ
       މިކަން ހިނގީ ދުނިޔޭގެ "ލޮއިގެ ޖަމާނު" ގައެވެ. މިއީ އިގިރޭސި ބަހުން ބުނާ "ބްރޮންޖް އޭޖް" (މީލާދީން 3000 އަހަރު ކުރިން ފެށިގެން މީލާދީގެ 1200 އަހަރު ކުރިޔާ ހަމަޔަށް) ގައެވެ

މީލާދީގެ ކުރީގެ 1000ވަނަ އަހަރާއި ހަމައަށް އާއިރު ޕްރޯޓޯ-އިންޑޯ-ޔޫރަޕިއަނުން އުފެދުނު ބަސްތަށްވަނީ އުފެދި ހަމަޖެހިފައެވެ
       އިރުމައްޗަށް ދަތުރުކުރި ބަހަށް ދެވިފައިވާ ނަމަކީ "އިންޑޯ-އިރޭނިއަން" އެވެ
       މީގައި ހިމެނިފައިވަނީ އިންޑޯ-އާރިޔަން ބަހާއި އިރޭނިއަން ބަހެވެ
       އިންޑޯ-އާރިއަން އަކީ އިންޑިކް ނުވަތަ ސާންސްކްރިތު ބަހެވެ
       އިރޭނިއަންއަކީ އޯލްޑް ޕާރޝިއަންއާއި އެވެސްތާނު ބަހެވެ

2009 / 2010